ޒިކުރާ ޤުރުއާން މުބާރާތް 1446ގެ އެއްވަނައަށް އުމްރާ ދަތުރެއް އެމް.ޖޭ.އެސްގެ ފާޠިމަތު ރައިނާ ރާޟީއަށް.

ޒިކުރާ ޤުރުއާން މުބާރާތް 1446ގެ އެއްވަނައަށް އުމްރާ ދަތުރެއް އެމް.ޖޭ.އެސްގެ ފާޠިމަތު ރައިނާ ރާޟީއަށް

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި ފުވައްމުލަކު، ދޫޑިގަން، ވަސީމީގެ، މުޙައްމަދު ވަސީމާއި، ފުވައްމުލަކު، މިސްކިތްމަގު، ކެލާގެ، މުޙައްމަދުބެއަގެ ނަން ދިރުވާ އާލާ ކުރުމާއި އެ މަރުހޫމުންގެ ޒިކުރާ އާލާކުރުމަށް ބޭއްވި ޒިކުރާ ޤުރުއާން މުބާރާތް 1446ގެ އެއްވަނައަށް މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމް.ޖޭ.އެސް) ގެ ފާތިމަތު ރައިނާ ރާޟީ ހޮވިއްޖެއެވެ.

މިމުބާރާތުގެ ނަތީޖާފާޅު ކުރުމަށްޓަކައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޖަލްސާކުރާ މާލަމްގައި ބޭއްވުނު ޖަލްސާގައި މުބާރާތުން އެއްވަނަ ކާމިޔާބުކުރި ފާތިމަތު ރައިނާއަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރަކާއި، ޒިކުރާ އެވޯޑްގެ އިތުރަށް ދެމީހަކަށް މާލެ/ފުވައްމުލައް ދެކޮޅު ޓިކެޓް ހަވާލުކޮށް ދެއްވީ ޤުރުއާން މުބާރާތުގެ ނަތީޖާފާޅު ކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޖަމްއިއްޔަތުލް ސަލަފްގެ އިލްމުވެރިންގެ ކޮމެޓީގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރެވެ.

މިމަހުގެ 11 ން 16 އަށް ބޭއްވުނު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ އެގާރަވަނަ ޤުރުއާން މުބާރާތުގައި ވަނީ 350 ކުދިން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން މުޅި މުބާރާތުގެ ޝަރަފުވެރި ވަނަތައް ހޮވާފައެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން02  ވަނައަށް ހޮވުނީ އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރު މަރްޔަމް ހުނާ ޙަސަން އަށް ވަނީ ހަދާނީ ލިޔުމާއި، އިނާމުގެ އިތުރުން ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހިންގާ 1 އަހަރުގެ ސެޓްފިކެޓް ލެވެލް 04 އެއްގެ ކޯހެއްގެ ސްކޯލާރޝިޕް ލިބިފައެވެ.

ބަލައިގެން ކިޔެވުމުގެ ގޮ